ޚަބަރު

ސެންޓުފުޅިއެއް ވަގަށް ނެގި މީހަކު 18،000ރ އިން ޖޫރިމަނާ ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރެޑްވޭވްގެ ފިހާރައަކުން ސެންޓްފުޅިއެއް ވަގަށް ނަގައިގެން ނިކުންނަން އުޅުނު މީހަކު 18،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

Ads by MWSC

މި މައްސަލާގައި ދައުވާ އުފުލައިފައި ވަނީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ މީހެއްގެ މައްޗަށެވެެ. 25 ނޮވެންބަރު 2017 ގައި އޭނާ އަތުލައިގަނެފައި ވަނީ ގަލޮޅު މަޖީދީ މަގަށްވާ ގޮތަށް ހުންނަ ރެޑްވޭވް ފިހާރައިން "އަރިސް" ބްރޭންޑުގެ ސެންޓްފުޅިއެއް ވަގަށް ނަގައިގެން ނުކުންނަން އުޅުމުގެ ތެރޭގައެވެ.

މި މައްސަލާގައި ދައުވާ ލިބުނު މީހާ ވަނީ އެ ސެންޓު ފުޅި ހިފައިގެން ފިހާރައިން ނުކުންނަން އުޅުނު ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެފައެވެ. މި މައްސަލައިގައި ހުކުމް ކުރި އިރު އެ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށް ނިމެން ކައިރިވެފައެވެ.

އެ މީހާ އެދުނީ މި މައްސަލައިގައި އޭނާގެ އަދަބު ޖޫރިމަނާ އަށް ބަދަލުކޮށްދޭށެވެެ. އެއާ އެކު އޭނާގެ އެދުމުގެ މަތިން އެ މީހާ 18،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

Ads by HDC
  1. ކަލޯ

    ތިޔަކޮއްލި ވާކަމެމެއް