Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެސްޓްރާޒެނެކާ ވެކްސިން ޖަހަން އެޕޮއިންޓްމަންޓު ހެދުމަށް ހުޅުވައިލައިފި

އެސްޓްރާޒެނެކާ ވެކްސިން ޖަހަން އެޕޮއިންޓްމަންޓު ހެދުމަށް ހުޅުވައިލައިފި

އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖެހުމަށް ޓަކައި އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދުުމަށް އެޗްޕީއޭއިން މިއަދު ހުޅުވައިލައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖެހުމަށް ޓަކައި އެޕޮއިންޓްމަންޓް ހެދުމަށް މިހާރު ހުޅުވައިލައިފައިވާ ކަމަށާއި  <a href="http://book.hpa.gov.mv/" target="_blank" rel="noopener">book.hpa.gov.mv</a>އަށް ދިޔުމަށްފަހު މީހާއާ ބެހޭ މައުލޫމާތު ފުރިހަމަ ކޮށް ވެކްސިން ޖަހަން ބޭނުންވާ ދުވަހާއި ގަޑި އިހްތިޔާރު ކުރެވޭނެ ކަމަށެވެ. އަދި އެޕޮއިންމެންޓް ހަމަޖެހުމުން އެސް.އެމް.އެސްއެއް ލިބޭނެ ކަމަށާއި ވެކްސިން ވެކްސިން ސެންޓަރަށް އެ މެސެޖު ދައްކަން ޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހަމައެހެންމެ އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑީގެ 15 މިނެޓް ކުރިން ސެންޓަރަށް ދިޔުމަށް އިލްތިމާސް ކޮށްފައިވާއިރު ގަޑިއަށް ނުދެވިއްޖެ ނަމަ އެޕޮއިންޓްމަންޓް ކެންސަލް ވާނެ ކަމަށާއި އެހެން ދުވަހަކަށް އަލުން އެޕޮއިންޓްމަންޓް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

ކޮވިޑް-19އިން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ތިބި މީހުންނަށް ދެވަނަ ޑޯޒަކަށް ދޭނީ އެސްޓްރާޒެނެކާ ވެކްސިން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރަށްރަށުގައި އެސްޓްރާޒެނެކާގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖަހަން އިއްޔެ ވަނީ ފެށިފައެވެ. އަދި މި މާލެ ސަރަހައްދުގައި މި ވެކްސިން ދޭން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް