Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިއްދޫން ދެ ނަރުހަކު ފައްސިވެ، ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިއްޖެ

ދިއްދޫން ދެ ނަރުހަކު ފައްސިވެ، ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިއްޖެ

ހއ. ދިއްދޫ ހޮސްޕިޓަލުން ދެ ނަރުހަކު ކޮވިޑް-19އަށް ފައްސިވެ، އެ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ދިއްދޫން ފައްސިވީ އެ ދެ ނަރުހުންނާ އެކު މިހާތަނަށް ތިން މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެ ނަރުހުން ފައްސި ވުމާއެކު ގިނަ އަދަދެއްގެ ނަރުހުން ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ދިއްދޫ ހޮސްޕިޓަލުގެ ގިނަ ނަރުހުންތަކެއް ފައްސިވުމާ އެކު، އެ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރ އުސްމާން އަޝްރަފް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އުސްމާން އިތުރަށް ވިދާޅުވީ، ހޮސްޕިޓަލުގެ މަސައްކަތްތަށް ހުއްޓިފައިވުމުން އެ އަތޮޅުގެ އެހެން ރަށްރަށުން ދިއްދޫއަށް ނަރުހުން ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިއްދޫން ކޮވިޑް-19ގެ ވޭދަނައެއް ފެނިގެން މި މަހުގެ 26 ވަނަ ދުވަހު އަނެއްކާ ވެސް އެ ރަށް ވަނީ މޮނިޓަރިންނަށް ލައިފައެވެ. އެއީ އެ ރަށުން ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށް ދިއްދޫ ހޮސްޕިޓަލުން މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް