Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަރަންޓު ބިލު ބޮޑުވި ސަބަބު ސްޓެލްކޯއިން ހާމަކޮށްފި

ކަރަންޓު ބިލު ބޮޑުވި ސަބަބު ސްޓެލްކޯއިން ހާމަކޮށްފި

މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑު ކަމަށް ދައްކަނީ، އެ ބިލުން ސަބްސިޑީ ނުކަނޑާތީ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

ކޮވިޑް-19ގެ ހާލަތު ފާއިތުވި މަސައްކަތުގައި އިންތިހާއަށް ގޯސްވުމުގެ ސަބަބުން ސަރުކާރުން މިދިޔަ މަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމިއެވެ. އެހެން މަސްމަހާ އަޅާބަލާއިރު އެ ބިލު ކުޑަ ނަމަވެސް، އެންމެ ފަހުން ލިބުނު ބިލު  ބޮޑުކަމަށް ބުނެ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީގެ ކުރީގެ މަސްމަހާ ޚިލާފަށް މި މަހުގެ ކަރަންޓް ބިލުގައި ސަބްސިޑީޒް ހިމެނިފައި ނުވާނެ ކަމަށެވެ. ކަރަންޓް ބިލް ބޮޑުކަމަށް ލަފާ ކުރެވެނީ މިހެންވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ބިލު ބޮޑުކަމަށް ލަފާ ކުރެވެނީ ބައެއް ކަސްޓަމަރުންގެ ބިލުގައި އިންސްޓޯލްމެންޓް ޕޭމަންޓް ހިމެނިފައި އޮވެދާނެތީކަމަށް އޭނާ ވިދާޅުވިއެވެ. މި ގޮތަށް ބިލަށް އެޑްކޮށްފައި ވާނީ އެކަމަށް އެދިފައިވާ ކަސްޓަމަރުންނަށް ކަމަށް އޭނާ ވިދާލުވިއެވެ.

ކަރަންޓް ޔޫސޭޖް އަދި ބިލްތަކުން އެކުންފުނީގެ ސްޓެޓިސްޓިކުން އާދަޔާ ޚިލާފްކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް ވެސް ސްޓެލްކޯއިން ހާމަކުރެއެވެ.

ސްޓެލްކޯއިން މިދިޔަ ދެ މަހު އާންމު ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ދައްކަން ޖެހޭ އަދަދުގެ 40 ޕަސެންޓް ސަބްސިޓީ ޑިސްކައުންޓް ވަނީ ދީފައެވެ. އަދި އާންމު ގޭބިސީތަކުން ބޭނުންކުރާ ފެނަށް ދައްކަން ޖެހޭ އަދަދުން 30 ޕަސެންޓް ޑިސްކައުންޓް ދީފައިވާއިރު، އާއްމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަން ޖެހޭ އަދަދުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ދީފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް