Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލެއިން ފައްސިވީ 17 މީހުންނާ އެކު މިއަދު ފައްސިވީ 108 މީހުން

މާލެއިން ފައްސިވީ 17 މީހުންނާ އެކު މިއަދު ފައްސިވީ 108 މީހުން

ރާއްޖެއިން މިއަދު އިތުރު 108 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 17 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 60 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 28 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މީގެއިތުރުން ކަނޑުއުޅަނދުފަހަރުން އެކަކާއި އިންޑަސްޓްރިއަލް ރަށްރަށުން ދެ މީހަކު ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 77،202 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 74،429 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 14 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 220 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް