Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސްވެރިކަން ކުރުމުގެ ހުއްދަ 96 ފަރާތަކަށް ދީފި

މަސްވެރިކަން ކުރުމުގެ ހުއްދަ 96 ފަރާތަކަށް ދީފި

ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ހުއްދަ 96 ފަރާތަކަށް މާލޭ ސިޓީ ކައުންސިލުން ދީފިއެވެ.

ނިމިދިޔަ ޖޫން މަހުގެ 18އިން 17 ޖުލައިއާ ހަމައަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފައިވާ މަސައްކަތުގެ ހުލާސާ ރިޕޯޓުގައިވާ ގޮތުން، 96 ފަރާތަކަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ އިތުރުން 17 އުޅަނދަކަށް ވެސް މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ނިންމައިފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރޭގައި ބޮޑުގޭ ޕާކިން ހުޅުވުމާއި، ޗަަައިނާ އެންބަސީ ކުރިމަތީ ހަދާ ޕާކިން ޒޯން ވެލިގަނޑު ލެވެލްކޮށް ގައު އަތުރައި އަރިމަތިީ ކާބުސްޓޯން ޖެހުމާއި، ކިންގް ސަލްމާން މިސްކިތް އަދި ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރު ކުރުމުގެ މަސައްކަތާއި އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ނަގަން ފަށައިފައިވާ ވެލިފުނި އެއްކޮށް ނަގައި އެ ސަރަހައްދު ސާފުކޮށް ނިންމުގެ މަސައްކަތް ވެސް ކުރެވިފައިވެއެވެ. އަދި އާޓިފިޝަލް ބީޗުގައި ވޮލީކޯޓް ހެދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން އާންމުކުރި އެ ރިޕޯޓްގައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް