Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19:ފައްސިވީ އަދަދު މިއަދު ވެސް 100އިން މަތި!

ކޮވިޑް-19:ފައްސިވީ އަދަދު މިއަދު ވެސް 100އިން މަތި!

ރާއްޖެއިން މިއަދު އިތުރު 107 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 30 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 56 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 14 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން 6 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން އެކަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށް ވެސް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 77،309 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 74،481 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ނިޔާވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް