Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖުމްހޫރީ މައިދާނުން ފެނުނީ ބޮކިފަތީގެ ރިމޯޓެއް

ޖުމްހޫރީ މައިދާނުން ފެނުނީ ބޮކިފަތީގެ ރިމޯޓެއް

ގޮތް ނޭނގޭ އެއްޗެއް ފެނިގެން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންނާއި ސިފައިން ގޮސް ޖުމްހޫރީ މައިދާން ރޭ ބެލިއިރު އެ ތަނުން ފެނުނީ ބޮކިފަތީގެ ރިމޯޓް ސްވިޗެއްކަން ހާމަވެއްޖެއެވެ.

ރޭ 22:40 ހާއިރު ޖުމްހޫރީ މައިދާން ބަންދުކޮށްގެން ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ. އެހެން ނަމަވެސް ފެނުނީ ބޮކި ފައްޗެއްގެ ސްވިޗަކަށް ވާތީ އެ ސަރަހައްދުފަހުން ވަނީ ހުޅުވައިލައިފައެވެ. އަދި ސަރަހައްދު ހުޅުވައިލުމުގެ ކުރިން އެ ރިމޯޓަކީ ނުރައްކާތެރި އެއްޗެއްތޯ ބެލި ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެ ސަރަޙައްދުގައި ފުލުހުންނާއި ސިފައިން މިރޭ ހަރަކާތްތެރިވި ކަމަށާއި ނަމަވެސް މިހާރު އެ ސަރަޙައްދު ވަނީ ހުޅުވައިފައި ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވައެވެ.

Advertisement
Allied Insurance — Square (box)

ގޮތް ނޭނގޭ އެއްޗެއް ކަމަށް ރިޕޯޓް ކުރުމުން ގްރީން ޒޯންއްގައި އޮތް ކުޅެން ގެންގުޅޭ ރިމޯޓް ކާރެއް ވެސް މި ޖުލައި މަސް ތެރޭ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

މި ފަދަ މައްސަލަތައް ފުލުހުންނާއި ސިފައިން ބޮޑެތި މައްސަލަތަކެއްގެ ގޮތުގައި ބަލަން ފަށައިފައި ވަނީ މެއި ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަށް ފަހުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް