Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ދެވޭނީ އެންމެ ނުވަ ރަށަކަށް

ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ދެވޭނީ އެންމެ ނުވަ ރަށަކަށް

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ދެވޭނެ ނުވަ ރަށެއްގެ މައުލޫމާތު އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ދެވޭނެ ނުވަ ރަށަކީ އއ. އަތޮޅުގެ މަތިވެރި، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މާޅޮސް، ހިމަންދޫއެވެ. މީގެ އިތުރުން އދ. ހަންޏާމީދޫއާއި ދިގުރަށް އަދި ކ. މާފުށި ހިމެނެއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް މޮނިޓަރިންގައި އޮތް ރަށްރަށް ފިޔަވައި ކޮންމެ ރަށަކަށް ވެސް ދެވޭގޮތަށް މީގެ ކުރިން އުސޫލު ވަނީ ބަދަލުކޮށްފައެވެ. ރަށްރަށަށް ދާނަމަ ފަތުރުވެރިންގެ އަތުގައި 72 ގަޑި އިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. އަދި ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހޭނެއެވެ.

Advertisement
Allied Insurance — Square (box)

ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މަދުވަމުންދާއިރު ބަލި ފެތުރި މޮނިޓަރިން ހާލަތުގައި މިހާރު އޮތީ އެންމެ 11 ރަށެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް