މާލެއިން ފައްސިވީ 21 މީހުންނާ އެކު، މިއަދު ފައްސިވީ 123 މީހުން

ރާއްޖެއިން މިއަދު އިތުރު 123 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 21 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 82 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 20 މީހުން ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 77،432 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 74،598 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ނިޔާވެފައިވެއެވެ.