Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތައިލެންޑްގެ ސުނާމީގެ ހާލަތަށް، މަރުވާ މީހުން ބަހައްޓަމުން ދަނީ މަސް ފިނި ކުރާ ކޮންޓައިނަރުތަކުގައި

ތައިލެންޑްގެ ސުނާމީގެ ހާލަތަށް، މަރުވާ މީހުން ބަހައްޓަމުން ދަނީ މަސް ފިނި ކުރާ ކޮންޓައިނަރުތަކުގައި

އިންޑިއާއިން ފުރަތަމަ ފެނުނު ކޮވިޑް-19 ޑެލްޓާ ވޭރިއަންޓާ އޭޝިއާގެ ގިނަ ޤައުމުތަކެއް ހަނގުރާމަ ކުރަމުން އަންނައިރު، ކޮވިޑް-19ގެ މިފަހަރުގެ ރާޅުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ތައިލެންޑް ހިމެނެއެވެ.

އިއްޔެ އެކަނި ވެސް ތައިލެންޑުން ރިކޯޑް އަދަދަކަށް މީހުން ވަނީ ފައްސިވެފައެވެ. މިގޮތުން އިއްޔެ އެކަނި 18,912 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އިއްޔެ އެކަނި ވެސް 178 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވެއެވެ.

ކޮވިޑް-19 މަރުތައް އިތުރުވެ، ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ ތައިލެންޑްގެ ސިއްހީ ނިޒާމު މިވަނީ ވަރަށް ބޮޑަށް ފެއިލްވެފައެވެ. މިގޮތުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ބަހައްޓާނެ ތަނެއް ނެތި މިއަދު ބައެއް ހޮސްޕިޓަލުތަކުގައި ފިނި ކުރާ ކޮންޓައިނަރުތަކުގައި މަރުވާ މީހުންގެ ހަށިތައް ވަނީ ފްރީޒް ކުރަން ފަށައިފައެވެ.

Advertisement
Ooredoo — Square (box)

ތައިލެންޑްގެ ވެރިރަށް ބެންކޮކްއާ މާދުރު ނޫން ހިސާބެއްގައި ހުންނަ ތަމްސްޓަޓް ހޮސްޕިޓަލުގައި ހުންނަ މަރުވާ މީހުން ބަހައްޓާ މޯގްގައި އެއްފަހަރާ ފިނި ކުރެވެނީ 10 މީހުންގެ ހަށިގަނޑެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއެކު މަރުވާ ސަބަބު ނޭނގި މަރުވާ މީހުންގެ އަދަދު އިތުރުވުމާ އެކު މޯގްތައް ވަނީ ފުރި ބާރުވެފައެވެ. ތަމްސްޓަޓް ހޮސްޕިޓަލުގައިގެ މޯގް ފުރި މިހާރު ވަނީ ފަސް ފިނި ކުރާ ކޮންޓައިނަރު ގަނެފައެވެ.

"އަހަރެމެންނަށް ނެތް ހޮސްޕިޓަލުގައި ޖާގައެއް. މަރުވާ މީހުންގެ އާއިލާތައް ހަށިގަނޑާ ހަވާލު ވަންދެން އެބަޖެހޭ ހަށިގަނޑު ބާއްވަން. ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު އިންތިހާއަށް ގިނަ." ތަމްސްޓަޓް ހޮސްޕިޓަލުގެ ޑިރެކްޓަރު ފާރޫގް ތޯރަމް ހޮސްޕިޓަލުގެ ހާލަތު ކިޔައިދެމުން ވިދާޅުވިއެވެ.

ތޯރަމް އިތުރަށް ވިދާޅުވީ، މަރުތައް އިތުރުވެގެން ފިނިކުރާ ކޮންޓައިނަރުތަކެއް ހޮސްޕިޓަލުން ގަނެފައިވާ ކަމަށެވެ. އަދި އެ ކޮންޓައިނަރުތަކުގައި ހަށިތައް ރައްކާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ 2004 ވަނަ އަހަރު އެރި ސުނާމީގައި މަރުވި މީހުންނަށް އޭރު ހެދި ގޮތް. އެ ދުވަހު ވެސް ސިއްހީ ނިޒާމްވީ ފެއިލް، މިއަދުވެސް މިވީ ފެއިލް، ތައްޔާރު ނުވެވުމުގެ ނަތީޖާ މިއީ" ފާރޫގް ވިދާޅުވީ ކޮންމެ ކޮންޓައިނަރެއް ލިބެނީ ހަތްސަތޭކައަށް ވުރެ ގިނަ ޑޮލަރަށް ކަމަށާއި ކޮވިޑާ އެކު މިއީ ވެސް ހޮސްޕިޓަލުން ކުރަން ޖެހުނު އިތުރު ހޭދައެއް ކަމަށެވެ.

[caption id="attachment_106782" align="alignnone" width="690"]<img class="wp-image-106782 size-large" src="https://cdn.dhen.mv/wp-content/uploads/2021/08/Screenshot-2021-08-01-at-02.53.27-1024x718.png" alt="" width="690" height="484" /> އެއް ކޮންޓައިނަރުގެ ތެރޭގައި ހަ ވަރަކަށް މީހުން ހަށިގަނޑު ރައްކާކުރޭ. ފޮޓޯ/ރޮއިޓާސް[/caption]

ފާރޫގް ވިދާޅުވީ، ކުއްލި ގޮތަކަށް މަރުވާ މީހުންގެ 20 އިންސައްތަ މީހުން ޓެސްޓް ކުރާއިރު ކޮވިޑް-19އަށް ފައްސިވާ ކަމަށެވެ. އަދި އިއްޔެ ވެސް އެއް ކޮންޓައިނަރު ތެރޭގައި ހަ މީހުންގެ ހަށިގަނޑު އާއިލާއިން ހަވާލު ވަންދެން ބާއްވަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަސްލު އެންމެ ބޮޑަށް ދެރަވަނީ މަރުވާ މީހުން ބާއްވަން ޖެހޭ ގޮތާ މެދުއެއް ނޫން. ބަލި ޖެހި، އެހީއަށް ބޭނުންވާ މީހުން، އަހަރެމެންގެ އެހީ ނުލިބި މަރުވާތީ" ފާރޫގް ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމާއެކު ހޮސްޕިޓަލްތައް ފުރުމުން ފަރުވާ ނުލިބި އިތުރު ބަލިތަކުގައި ވެސް މީހުން މަރުވަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް