ޚަބަރު ސިޔާސީ

ވެކްސިން ޕްރޮގްރާމަށް އެމްޓީޑީގެ ތަޢުރީފް: ރައީސް ޞާލިޙްގެ ލީޑަރޝިޕް ދައްކުވައިދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެމްޓީޑީ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ؟އެމްޓީޑީ

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހަމުން އަންނަ ވެކްސިން ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ހޯދައިދީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕްގެ މިސާލެއް ދައްކަވައިފި ކަމަށް ކުރީގެ ރައީސް އަޙްމަދު އަދީބް އިސްކޮށް ހުންނަވާ އުފެއްދި މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސްއިން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މުޅި އާބާދީއަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ހޯދުމަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް ވަރަށް ބޮޑު ކުރި އެރުމެއް ކަމަށެވެ. އަދި އިންސާނިއްޔަތުކަން އިސްކުރައްވައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާނުކޮށް އެމީހުނަށް ވެސް ހިލޭ ވެކްސިން ޖަހައިދިނުމަކީ ލީޑަރޝިޕްގެ ފުރިހަަމަ މިސާލެއް ކަމުގައި އެ ބަޔާނުގައި ވިދާޅުވިއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19އާ ދެކޮޅަށް ބޭނުން ކުރަމުންދާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިނޭޝަން ކަމަށާއި ގިނަ ޤައުމުތަކުން ވެކްސިން ނުލިބި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވަމުން އަންނަ ކަަމަށެވެ. ރާއްޖޭގެ އާބާދީއަށް ޖެހޭ. ވަަރަށް ވެކްސިން ލިބިފައިވާ މިދަނޑިވަޅުގައި ލަސްނުކޮށް ވެކްސިން ފުރިހަަމަ ކުރުމަށް އެ ޕާޓީންވަނީ ގޮވާލާފައެވެ

"މިޕާޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދިވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ވެކްސިން ނުޖަހާފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 26 އަހަރުގެ ދެމެދު ޒުވާނުން ގިނަކަން" އެ ޕާޓީން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

އެމްޓީޑީއިން ވިދާޅުވީ، ރައީސް ޞާލިޙްގެ ގޮވާލެއްވުމާ އެއްގޮތަށް، ފަރުދީ އަދި އާއިލީ ޒިންމާއެއްކަން ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅައިލާ ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް އެދޭ ކަމަށެވެ. އަދި ސިޔާސީ ހިޔާލު ތަފާތުތައް އެއްކިބާކޮށް، މުޅި ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީ ވެކްސިންގެ 2 ޑޯޒް ޖަހާ ނިންމުމަކީ މުހިންމު ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށް އެ ބަޔާނުގައިވެއެވެ.

Ads by Ooredoo
  1. ކުޑަމާލޭ މޮހޮނދުބޭ

    ކޮންމެ އެއްޗެކޭ ކިޔަކަސް އަދީބަކަށް މާފެއް ނުކުރެވޭނެ. ހަމަ ކުޑަގޮޅި ޙައްޤުމީހެއް ތިޔައީ. އަދި ބުނަން މަދުވެގެން 500 ލިލިޔަން ޑޮލަރ ޖުރިމާނާވެސް ކުރެވޭނެކަން ދަންނާތި