Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ފުވައްމުލައް، 800 ވުރެގިނަ މީހުންނަށް ބަލި ޖެހިއްޖެ

މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ފުވައްމުލައް، 800 ވުރެގިނަ މީހުންނަށް ބަލި ޖެހިއްޖެ

ކޮވިޑް-19ގެ ވޭދަނައެއް ފެނި މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުން ފެށިގެން މޮނިޓަރިންއަށް ލައިފައިވާ ފުވައްމުލަކުން މިހާތަނަށް ޖުމްލަ 874 މީހުންނަށް ބަލި ޖެހިއްޖެކަމަށް ފުވައްމުލަކު ކައުންސިލުން ބުނެފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރ އިސްމާއިލް ރަފީގް ވިދާޅުވީ މިވަގުތު އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 55 ވޭދަނަ ރިޕޯޓް ކުރެވިފައިވާކަމަށެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭ އަލަށް ފައްސިވީ 6 ވޭދަނަ އެސިޓީގައި ރިޕޯޓް ކޮށްފައިވާކަމަށެވެ.

"މިހާރު އެކްޓިވް ކޭސްއަކީ 55. އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތައް އަމަލުކުރަމުން މިދަނީ. ބޮޑެތި އެއްވުންތައް މަނާކޮށް. ފިހާރަތަކުން ވެސް ޑެލިވަރީކޮށް ދެން ކާފިއު ވެސް ވަނީ އިއުލާނުކޮށްފައި" ރަފީގް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފުވައްމުލަކު ސިޓީގައި ބަލި ޖެހުނު 874 މީހުންގެ ތެރެއިން މިހާތަނަށް 820 މީހުން ބަލިން ރަނގަޅުވެފައިވާއިރު ރަށުގެ އާއްމު ހާލަތު މިވަގުތު ރަނގަޅުކަމަށް މޭޔަރ ރަފީގް ވިދާޅުވިއެވެ.

މޮނީޓަރިންގެ ހާލަތުގައި ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، ފުވައްމުލަކު ސިޓީން އަދިވެސް ފައްސި ވޭދަނަތައް ފެންނަމުން ދާތީ އެ ސިޓީ އާންމު ހާލަތަށް ނުގެނެވެއެވެ. އެސިޓީގައި ކޮންމެ ދުވަހަކު ވެސް 7 ވަރަކަށް މީހުން އެ ސިޓީން ކޮވިޑް-19އަށް ފައްސި ވަމުން އަންނަ ކަމަށް މީގެ ކުރިން މައުލޫމާތު ދެއްވަމުން މޭޔަރު ރަފީގް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް