Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލެ ޕާކިން އިމާރާތުގެ މަސައްކަތް ފަށަނީ

ހުޅުމާލެ ޕާކިން އިމާރާތުގެ މަސައްކަތް ފަށަނީ

ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޕާކިން އިމާރާތުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މަގުމަތީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކާއި، ހުޅުމާލޭ ރައްޔިތުންގެ ވެހިކަލްތައް ޕާކްކުރުމަށް ޓަކައި މަދުވެގެން 500 ވެހިކަލްގެ ޕާކިން އިމާރާތެއް، ހުޅުމާލެއިން މާލެ ސިޓީ ކައުންސިލަށް ހޯދައިފައިވާ ބިމުގައި އެޅުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގައި ޕާކްކުރުމަށް އޮތް މައްސަލައަށް ހައްލެެއް ލިބި ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

https://twitter.com/MMuizzu/status/1421756538545270785?s=20

Advertisement
Ooredoo — Truecaller (box)

މި އިމާރާތާ ގުޅޭ ގޮތުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ކޮންމެ ފުލެޓަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މޭޔަރާއި، ހުޅުމާލެ ދާއިރާގެ ސިޓީ ކައުންސިލަރު މިއަދު ވަނީ ހުޅުމާލޭގައި ޕާކިންއަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށް ވަޑައިގެން ބިން ބައްލަވައިލައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް