Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުވައްމުލަކުން ފެނާއި ކަރަންޓް ކެނޑިއްޖެ

ފުވައްމުލަކުން ފެނާއި ކަރަންޓް ކެނޑިއްޖެ

ފުވައްމުލަކު ސިޓީއަށް ރޭ ފަތިހު ދިމާވި ކަރަންޓުގެ މައްސަލައެއްގައި ކަރަންޓު ކެނޑިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، އެ ސިޓީން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައި ވަނީ މައި ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއައި ޓްރާންސްފޯމަރެއް ގްރައުންޑްވުމުގެ ސަބަބުން ކަމަށެވެ.

މައްސަލަ ޖެހުނު ޓްރާންސްފޯމަރުގެ ބަދަލުގައި އައު ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި މައްސަލަ ހައްލުކޮށް އަލުން ކަރަންޓާއި ފެނުގެ ޚިދުމަތް ފަށަން އެއް ދުވަހަށް ވުރެ ގިނަ ވަގުތު ހޭދަވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ފެނަކައިން ބުނީ އެ ސިޓީގެ ނެޓްވޯކާއި އިންޖީނުގެ ހުރީ ނާޒުކު ޙާލަތެއްގައިކަމަށާއި އެއީ ރަށުގެ އާބާދީއާއި އެކަށީގެން ނުވާ ނެޓްވޯކެއްކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވަމުން އަންނަ ދަތިތަކަށް ފެނަކައިން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް