Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަރު ކޮމިޝަނަށް މިސަރުކާރުގެ ވެރިން ހާޒިރުކުރާނެ ދުވަސް ދުރެއްނޫން: ޝަރީފް

މަރު ކޮމިޝަނަށް މިސަރުކާރުގެ ވެރިން ހާޒިރުކުރާނެ ދުވަސް ދުރެއްނޫން: ޝަރީފް

މަރު ކޮމިޝަނަށް މިސަރުކާރުގެ ވެރިން ހާޒިރުކުރާނެ ދުވަސް ކައިރިވެއްޖެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއްލިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ހާޒިރުވުމަށް އެންގުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޝަރީފް ވަނީ، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފޮނަދޫން މާމެންދުއަށް ދަތުރުކުރަނިކޮށް ގެއްލުނު ޝިމާއަށް ވީގޮތެއް މިހާ ގިނަ ދުވަސްވީއިރު ނޭނގުނީ ކީއްވެތޯ ސުވާލުކުރައްވައިފައެވެ. އަދި އެކަމަށް ހުރަސް އަޅަނީ ކޮންބައެއްތޯއާއި، މިވެރިކަމުގައި މިގޮތަށް ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެތޯ ވެސް އޭނާ ސުވާލުކުރެއްވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/adamshareefz/status/1422047035071467521?s=21

ރިޔާސީ ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޔާމީން ހާޒިރުކުރަނީ ރިލްވާން ގެއްލުވައިލައިފައިވާ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނާ ސުވާލުކުރަން ބޭނުންވާތީއެވެ. މިކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެ ކޮމިޝަން ކުއްލިއަކަށް ހޭލައިފި ކަމަށާއި ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށުމުން އެ ކޮމިޝަންގެ އައްޑަނައަކަށް ހަދަނީ ރައީސް ޔާމީން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް