Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އުރީދޫ އަތޮޅުދުވުން: މި އަހަރުގެ ހަލުވި އެމްބެސަޑަރުން ދައްކާލައިފި

އުރީދޫ އަތޮޅުދުވުން: މި އަހަރުގެ ހަލުވި އެމްބެސަޑަރުން ދައްކާލައިފި

ރާއްޖޭގެ އެންމެ މަގުބޫލު އެއް މުއާސަލާތީ ޚިދުމަތް ކަމުގައިވާ އުރީދޫން އަތޮޅުތެރޭގައި އިންތިޒާމު ކޮށްގެން ބާއްވާ "އުރީދޫ އަތޮޅު ދުވުން"ގެ އެމްބެސަޑަރުން ދައްކާލައިފިއެވެ.

ވާޗުއަލްކޮށް ބާއްވާ މި ދުވުމުގެ އަތޮޅު އެމްބެސަޑަރުންތައް އުރީދޫން ދައްކާލައިފައި ވަނީ އިއްޔެ މީސް މީޑިއާ މެދުވެރިކޮށެވެ.

https://twitter.com/OoredooMaldives/status/1421818444106715144?s=20

Advertisement
HDC — Sidebar (box)

އުރީދޫ އަތޮޅުދުވުމުގެ އެމްބެސެޑަރުން:

▪︎ ރަމީޒް- އއ. އަތޮޅު
▪︎ މުޙައްމަދު މަދީން- ބ. އަތޮޅު
▪︎ އިހުމާ ހަސަން- ދ. އަތޮޅު
▪︎ އައިމިނަތު މަލްދާ- ފ. އަތޮޅު
▪︎ ސާޖިން- ގއ. އަތޮޅު
▪︎ މުޖޭ- ޏ. އަތޮޅު
▪︎ މައުމޫން ޢަބްދުއްސައްތާރު- ހއ. އަތޮޅު
▪︎ މުޙައްމަދު ފަޔާޒް- ލ. އަތޮޅު
▪︎ އަބްދުއްލަތީފް ހަސަން- ރ. އަތޮޅު
▪︎ އަބްދުﷲ ޔާސިރް- ނ. އަތޮޅު
▪︎ އަހްމަދު ސަމީހް- މ. އަތޮޅު
▪︎ ހުމައިދް އަބްދުއްރައްޒާޤް- ޅ.އަތޮޅު
▪︎ މަރިޔަމް އަފްޒާ ނައީމް- ގދ. އަތޮޅު
▪︎ އާތިފް އިބްރާހިމް- އދ. އަތޮޅު
▪︎ އަޒްވަރު ހަސަން- ތ. އަތޮޅު
▪︎ އަހްމަދު ޒާހިދު- ށ. އަތޮޅު
▪︎ އައިޝަތު މިޒްނާ- ހދ. އަތޮޅު
▪︎ ހަސަން ސިނާން- ވ. އަތޮޅު
▪︎ އައިޝަތު އަފީފާ- ސ. އަތޮޅު
▪︎ މަރިޔަމް ލީނާ- ކ. އަތޮޅު

ރާއްޖެއަށް ޚިދުމަތް ދިނުމުގައި މިހާރު 16 އަހަރު ފުރިފަައިވާ އުރީދޫގެ އަތޮޅު ދުވުމުގައި، މި އަހަރު ވެސް ފަސް ކިލޯ މީޓަރުގެ ކެޓެގަރީ ހިމެނޭއިރު މުޅިން އަލަށް މިއަހަރު ވަނީ 10 ކިލޯ މީޓަރުގެ ކެޓެގަރީ ވެސް ތައާރަފްކޮށްފައެވެ.

މި ދެ ކެޓަގަރީގައި ވެސް ބައިވެރިވާން ބޭނުންވާ ދުވުންތެރިން ވަކިން ރެޖިސްޓްރީކޮށް ޖުމްލަ 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭނެ ކަަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ އަތޮޅުދުވުން ހުޅުވައިލައިފައި ވަނީ ފަސް އަހަރުން މަތީގެ މީހުންނަށެވެ. މި ހިނގާ އޯގަސްޓު މަހުގެ އެކަކުން ހަތަކާ ދޭތެރޭ ކޮންމެ ވަގުތެއްގައި ވެސް މި ދުވުން ފުރިހަމަ ކުރެވޭނެއެވެ.

އުރީދޫ އަތޮޅުދުވުމުގައި ބައިވެރިވާން ރެޖިސްޓްރީވުން މިދިޔަ ހޮނިހިރު ވަނީ ހަމަވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް