Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެސްއެމްއީ ޑިޖިޓަލްއިން ދޫކުރާ ފައިނޭންސިން 10 މިލިއަން ރުފިޔާއަށް އިތުރުކޮށްފި

އެސްއެމްއީ ޑިޖިޓަލްއިން ދޫކުރާ ފައިނޭންސިން 10  މިލިއަން ރުފިޔާއަށް އިތުރުކޮށްފި

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އެންމެ އެކަށޭނެ ފައިނޭންސް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލް ބޭންކުން ތިން ފައިނޭންސިންގ ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިއަނަށް އިތުރުކޮށްފިއެވެ.

ފައިނޭންސިންގ ލިމިޓް އިތުރުކޮށްފައިވަނީ މުޅިން އަލަށް ވިޔަފާރި ފެށުމަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް ފައިނޭންސް ދޫކުރާ،އެސެޓް ފައިނޭންސިންގ، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން އަދި ވެސެލް ފައިނޭންސިންއެވެ.

ކުރިން 5 މިލިއަނަށް ފޯރުކޮށްދެމުން އައި މި ފައިނޭންސިންގެ ލިމިޓްތައް 10 މިލިއަނަށް އިތުރުކޮށްފައި ވަނީ ރާއްޖޭގެ ކުދި ވިޔަފާރިތައް ހަލުވިކަމާއި އެކު ކުރިއަރަމުން އަންނަ އިރު، އެ ވިޔަފާރިތަކުގެ ފައިނޭންސިންގ ޑިމާންޑްތަކާއި ބައްދަލުކޮށް ފުރުސަތު ފަހި ކުރުމުގެ ގޮތުންކަމަށް އެ ބޭންކުން ބުންޏެވެ.

• އެސެޓް ފައިނޭންސިންގ- ވިޔަފާރި މުޅިން އަލަށް ފަށަން އަދި މިހާރު ވެސް ހިނގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށް

• ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ- 2 އަހަރު ވެފައިވާ ވިޔަފާރިތައް ފުޅާކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ހަރުދުކުރުމުގެ އިތުރުން އާ މަކެޓްތަކަށް ވަނުމަށާއި އިތުރު އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް

• ވެސެލް ފައިނޭންސިންގ- މުޅިން އަލަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އުޅަނދު ގަތުމަށް އަދި ބަނުމުގެ އިތުރުން އުޅަނދުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް (މީގެ ތެރޭގައި ޑައިވް ދޯނި، ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަންގެ ހޯދުމުގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކަށް ފައިނޭންސް ކޮށްދޭ)

ރާއްޖޭގެ ހަރަކާތްތެރިވާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވެފައިވާ އިރު، އެ ވިޔަފާރީގެ ބޭނުންތަކަށް އެކަށޭނެ މިންވަރަށް ފައިނޭންސިން ފުރުސަތުތައް ފަސޭހައިން ލިބެން ހުރުމަކީ ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް ލިބިގެންދާ ބާރެއްކަން ވެސް އެ ބޭނުންކުން ފާހަގަކުރިއެވެ.

މިބަދަލާއި ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ފައިނޭންސިންގ ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރި އެރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި އެހެން ކަމުން މި ބަދަލަކީ ވިޔަފާރިތަކަށް ވަރަށް ބޭނުންތެރި ބަދަލެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެސްއެމްއީ ޑިޖިޓަލް އިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިތަކުގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދީ އެ ވިޔަފާރިތައް ދެން އޮތް ހަރުފަތަށް ގެންދިއުމުގެ ބައިވެރިއެއް ގޮތުގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް