Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެމްއާރުއެމްގެ ޖަވާބު ޕީޕީއެމްއަށް: ޤައުމީ މަސްލަހަތު ގެއްލޭ ފަދަ ކަމެއްގައި ބައިވެރިއެއް ނުވާނަން

އެމްއާރުއެމްގެ ޖަވާބު ޕީޕީއެމްއަށް: ޤައުމީ މަސްލަހަތު ގެއްލޭ ފަދަ ކަމެއްގައި ބައިވެރިއެއް ނުވާނަން
ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން މިހާރު ކުރިޔަށް ގެންދާ "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" ކެންޕެއިންގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރއެމް)އިން ޕީޕީއެމްއަށް އަންގައިފިއެވެ. އެމްއާރުއެމްގެ ތަރުޖަމާން އަލީމް އާދަމް މިއަދު ވިދާޅުވީ، އެމްއާރުއެމްއަކީ މިހާރު ސަރުކާރުގައި ހިމެނޭ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމަށާއި ސަރުކާރު ކޯލިޝަނުން ވަކިވެގެން ޤައުމުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާޢީދުކޮށް އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ޕީޕީއެމް/ޕީއެންސީއަށް އަންގަވައިފައިވާ ކަމަށެވެ.

އަލީމް ވަނީ ޕީޕީއެމް ކޯލިޝަނުން އެމްއާރުއެމްއަށް ފޮނުވި ސިޓީގެ ކޮޕީއެއް ވެސް ހިއްސާ ކުރައްވައިފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ގައުމުގެ "މިނިވަންކަމުގެ ދިފާއުގައި" އިދިކޮޅުން ލޯންޗް ކުރި ކެންޕެއިންގައި ބައިވެރިވުމަށް އެ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ ވަނީ ޕާޓީތަކުގެ ލީޑަރުންނަށް ދަޢުވަތު ދެއްވައިފައެވެ. އަދި އިއްޔެ ވަނީ ރަސްމީކޮށް ހަތަރު ޕާޓީގެ ލީޑަރުންނަށް ދައުވަތު ފޮނުއްވައިފައެވެ. ޕީޕީއެމްއިން ދަޢުވަތު ފޮނުވި ލީޑަރުންގެ ތެރެއިން ތިން ލީޑަރުންނަކީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންވާ ބޭފުޅުންނެވެ. އެއީ، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި އަދާލަތު ޕާޓީގެ ރަައީސް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ޖުމްހޫރީ ޕާޓީންނާއި އަދާލަތު ޕާޓީން ވަނީ ދަޢުވަތު ޤަބޫލު ނުކުރައްވާނެކަން ހާމަ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް