Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

ދުނިޔޭގެ އެންމެ ވިސްނުން ތޫނު ކުދިންގެ ތެރޭގައި އުމުރުން 11 އަހަރުގެ އިންޑިއާ ކުއްޖަކު ހިމެނިއްޖެ

ދުނިޔޭގެ އެންމެ ވިސްނުން ތޫނު ކުދިންގެ ތެރޭގައި އުމުރުން 11 އަހަރުގެ އިންޑިއާ ކުއްޖަކު ހިމެނިއްޖެ

ދުނިޔޭގެ އެންމެ ވިސްނުން ތޫނު ކުދިންގެ ތެރޭގައި އިންޑިއާގެ އުމުރުން 11 އަހަރުގެ ކުއްޖަކު ހިމެނިއްޖެއެވެ.

ނަތާޝާ ޕޭރީ ނަމަކަށް ކިޔާ އެ ކުއްޖާ ދިރިއުޅެމުންދަނީ އެމެރިކާގައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އޭނާއަށް އެންމެ ވިސްނުން ތޫނު ކުއްޖާކަމުގެ ލަގަބު ދީފައި ވަނީ އެމެރިކާގެ މަތީ ޔުނިވާސިޓީއަކުން އެސްއޭޓީ އަދި އޭސީޓީ އިމްތިހާނުން ވަރަށް މަތީ ފާސް ލިބިގެންނެވެ.

މި ދެ އިމްތިހާނަކީ ވެސް ޔުނިވާސިޓީއަކަށް ވެއްދުމުގެ ކުރިން ފެންވަރު ބަލައި ޝަރުތު ހަމަވޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ.

Advertisement
Ooredoo — Truecaller (box)

ނިއު ޖާސީގައި ހުންނަ ތެލްމާ އެލް ސޭންޓްމަޔަރ އެލިމެންޓަރީ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ނަތާޝާ ހޯދި ކާމިޔާބީ، ޖޯންސް ކޮޕްކިންސް ސެންޓަރ ފޮ ޓެލެންޓެޑް ޔޫތު ޓެލެންޓް އިން މިދިޔަ ހޯމަ ދުވަހު ވަނީ ފާހަގަކޮށް ބަޔާނެއް ނެރެފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ނަތާޝާއަށް މި ކާމިޔާބީ ލިބިފައި ވަނީ 84 ޤައުމެއްގެ 19،000 ދަރިވަރުންނާ ވާދަކޮށެވެ.

ނަތާޝާއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އޭނާއަށް އެ ޔުނިވާސިޓީން ވަނީ ސަނަދު ދީފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް