Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޕީޕީއެމްއިން މުޅި ރާއްޖެއަށް ދަތުރުތަކެއް ފަށަނީ

ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޕީޕީއެމްއިން މުޅި ރާއްޖެއަށް ދަތުރުތަކެއް ފަށަނީ

ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމަށް އަލުން ގެނައުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ޓަކައި، އިދިކޮޅު ޕީޕއެމްއިން ރާއްޖޭގެ ހުރިހައި ރަށަކަށް ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެެއްވުމަށް އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ، "މަވެސް ޕީޕީއެމް" ގެ ނަމުގައި ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އެ ގޮތުން ދަތުރުގެ ފުރަތަމަ މަންޒިލަކީ ހއ.އަތޮޅުގެ ރަށްތައް ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެ އަތޮޅުގެ ދާއިރާތަކަށް އިސް ބޭފުޅުންގެ ގޮތުގައި އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މި ދަތުރުތަކުގެ ބޭނުމަކީ އަންނަ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް ޔާމީންގެ މެނިފެސްޓޯ އެކުލަވައިލުމަށް، އެ ޕާޓީގެ ޕޮލިސީ ޑިޕާޓްމަންޓުން ކުރަމުން އަންނަ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި، މެނިފެސްޓޯއަށް ރައްޔިތުންގެ މަޢުލޫމާތު ހޯދުމާއި، ޕާޓީއާ ގުޅެން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ދިނުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގައި ދަތުރު ފެށުމަށް ހަމަޖެހިފައިވާއިރު، ދަތުރުގައި 08 ދުވަސް ވާނެ ކަމަށާއި އޭގެފަހުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި ދަތުރުތަކުގެ ޝެޑިއުލް މިހާރު ރޭވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް