Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފި

ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފި

ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ޔުނިވާސިޓީއާއި ކޮލެޖުތަކުގެ ދަރިވަރުން އެތަންތަނަށް ހާޒިރުވެގެން ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރުމާ އެކު މިދިޔަ މެއި މަހުން ފެށިގެން ވަނީ މާލެ ސަރަޙައްދުގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރު ނުވެ، އޮންލައިންކޮށް ކިޔަވާ ގޮތަށް ހަމަޖައްސައިފައެވެ.

ނަމަވެސް ކޮވިޑަށް ފައްސިވާ އަދަދުތައް މިދުވަސްވަރު މަދުވުމާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިއަދު ވަނީ އެ އުސޫލަށް ލުއި ދީ، އެތަންތަނަށް ހާޒިރު ވެގެން ކިޔަވާ ގޮތަށް ހަމަޖައްސައިފައެވެ.

Advertisement
Allied — Dhen Online (box)

ލުއި ދިން ނަމަވެސް، ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ހާޒިރު ވެގެން ކްލާސްތަަކަށް ހާޒިރުވާ ދަރިވަރުންނާއި މުވައްޒަފުން ވެސް އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް އެޗްއީއޯސީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އެގޮތުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށާއި، ވެކްސިން ނުޖަހާ ހުރި ނަމަ ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިން ވެސް ޖެއްސެވުމަށް އެ ސެންޓަރުން އިލްތިމާސް ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް