ރެެސްޓޯރަންޓުތަކުގައި އާންމު އުސޫލުން ޚިދުމަތް ދިނުމުގެ ހުއްދަ ދީފި

ރެެސްޓޯރަންޓުތަކުގައި އާންމު އުސޫލުން ޚިދުމަތް ދިނުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދީފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގް ވިދާޅުވީ، މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބައެއް ލުއިތައް ދޭނެ ކަމަށެވެ. އެގޮތުން ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވާލުމަށް ނިންމާފައި ވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"އެގޮތުން ރެސްޓޯރެންޓް ކެފޭ ފަދަ ތަންތައް ހުޅުވާ ގަޑިތައް، ކުރިން ވެސް އާންމުކޮށް ހިދުމަތް ދޭ ގަޑިތަކާ އެއްގޮތަށް ބަދަލު ކުރުމަށް މިވަނީ ނިންމިފަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރެސްޓޯރަންޓުތަކުގައި އާންމު އުސޫލުން ހިދުމަތް ދޭން ހުއްދަ ދިނުމުގެ އިތުރުން މިއަދު އެޗްއީއޯސީން ވަނީ ގިނަ އަދަދެއްގެ މީހުންނަށް ބައިވެރިވެވޭ ގޮޔަށް ހަފްލާތައް ބޭއްވުމުގެ ހުއްދަ ވެސް ދީފައެވެ.