ޚަބަރު

ސްޓިކާ ޖަހަނީ ލާރި ހޯދާކަށް ނޫން، ޖޫރިމަނާތަކުގައި ސުވާލު އުފެދޭ ނަމަ މައްސަލަ ހުށަހެޅޭނެ: ފުލުހުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ދެން އިމޭޖްސް

ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހައިފައި ވަނީ ރަނގަޅަށް ނޫންކަމަށް ސުވާލު އުފެދޭ ނަމަ އަދި އެކަމުގައި ޝަކުވާއެއް އޮތް ނަމަ، އެ މައްސަލަ ޓްރާސްޕޯޓް މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދައުލަތުގެ މީޑީއާއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަމް ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅޭ ޤާނޫނުގެ ދަށުން މިފަދަ މައްސަލަތަކުގައި 90 ދުވަސް ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ލިބިދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅޭ ޤާނޫނަށް ގެނައި 4ވަނަ އިސްލާހުގައި ހިމެނޭ ޓްރެފިކް ޖޫރިމަނާއަށް ގެނައި ބަދަލުތަކަކީ އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާއި ރައްޔިތުންނާ ފުލުހުންނަށް ބާރުތަކެއް ހުޅުވައިލެވިފައިވާ އިސްލާޙްތަކެއް ކަމަށެވެ.

އަސްލަމްގެ ވާހަކަފުޅުގައި މާލޭ ސަރަހައްދުގައި ޕާކް ކުރާނެ ޖާގައިގެ ދަތިކަން ހުރިކަން އޮތް ކަމަށް ވިދާޅުވެ ވިދާޅުވީ، އެކަން ހައްލު ކުރުުމަށް ގިނަ ޕާކިން ޒޯންތައް ހަދައި ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މަސައްކަތްތަކެއް ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށެެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ޓްރެފިކް ޖޫރިމަނާ ކުރަނީ ލާރި ހޯދުމަށް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށާއި އެހެން ނަމަވެސް އެއީ ހަޤީޤަތް ނޫން ކަމަށެވެ. އަދި ޖޫރިމަނާ ކުރުމުގެ މަޤްސަދަކީ ޤަވާއިދުތައް ތަންފީޒް ކުރުމަށް ބާރު އެޅުން ކަމަށާއި މި ފަދަ ކަންކަން ކުރަނީ އެންމެންގެ ވެސް މަސްލަހަތަށް ޓަކައި ކަމަށެވެ.

ޓްރެފިކް ޖޫރިމަނާއަށް ގެނައި ބަދަލާ އެކު، އުޅަނދެއްގައި ކިތަންމެ ގިނަ ސްޓިކާއެއް ޖެހި ކަމުގައި ވިޔަސް، ކޮންމެ ސްޓިކާއަކީ 250 ރުފިޔާގެ ޖޫރިމަނާއެވެ. ކުރިން އޮތް ގޮތުން އެއްފަހަރަށް ވުރެ ގިނައިން އެއް ވެހިކަލެއްގައި ސްޓިކާ ޖަހާ ނަމަ 750 ރުފިޔާ ދައްކަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!