Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ

މާލެގެ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މައްޗަންގޯޅި އަމްޓޭޝަން ގެއިން ދުން އަރާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 19:45ގައި ކަމަށެވެ.

އެ ގޭގައި ރޯވި އަލިފާންގަނޑު 20:04ހާއިރު ނިއްވައިލެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

<img class="alignnone wp-image-107901 size-full" src="https://cdn.dhen.mv/wp-content/uploads/2021/08/B0E36301-98D9-4EE1-BC6E-8B636C25025C.jpeg" alt="" width="1125" height="747" />

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އެ ގޭގެ ކޮޓަރިއެއްގައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް