Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް

14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް

އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފުލުހުން ބަލަމުން އެބަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

މި މައްސަލައިގައި ތުހުމަތު ކޮށްފައިވާ ފަރާތަކީ ކުއްޖާއާ އާއިލީ ގުޅުން އޮންނަ ފަރާތެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭނާ ހައްޔަރު ކުރި ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރައްވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް