Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޞާލިޙްގެ އަގު ވައްޓައިލަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރޭ: ޝަރީފް

ރައީސް ޞާލިޙްގެ އަގު ވައްޓައިލަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރޭ: ޝަރީފް

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އަގު ވައްޓައިލަން އެ މަނިކުފާނުގެ ޕާޓީ (އެމްޑީޕީ)ގެ ބައެއް މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހާރު އަދާލަތު ޕާޓީގެ މެމްބަރަކަށް ނުވާކަން ވެސް ޔަގީން ނުވާކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ފާޑު ވިދާޅުވުމުން، އަފީފަށް ރައްދު ދެއްވަމުން ޝަރީފު ވިދާޅުވީ ރައީސް ޞާލިހްގެ އަގު ވައްޓައިލަން އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އިސް ލީޑަރުން މަސައްކަތް ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އެ ފަދައިން މަސައްކަތް ކުރުމުން ޤައުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެގޮތުން ރާއްޖޭގެ ތާރީޚުގައި ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތް (ކޮވިޑް 19ގެ ބަލިމަޑުކަން) ކުރިމަތިވެފައި އޮތް ހާލަތުގައި ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވަން ވާނީ ޤައުމުގެ ކަންކަން ރަނގަޅު ކުރަން ކަމަށާއި އަމިއްލަ އެދުމަށް ޓަކައި މަސައްކަތް ކުރައްވައިގެން ނުވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ޝަރީފު ވިދާޅުވީ، މިހާރަކަށް އައިސް ތިމާގެ ހަތުރުންނަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް ގަނާކުރުމާއި މީހުންގެ އަގު ވެއްޓޭ ފަދަ ހަޤީޤަތެއް ނެތް ވާހަކަ ދެއްކުމަކީ ސިޔާސީ ފަރާތްތަކުން އާއްމުގޮތެއްގައި ބޭނުން ކުރާ އުކުޅެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް