Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވައްޑެއަށް މަރުގެ އިންޒާރު ދިން މީހާ ވަޒީފާއިން ވަކިކުރުމަކުން މައްސަލައެއް ނުނިމޭ: އިންތި

ވައްޑެއަށް މަރުގެ އިންޒާރު ދިން މީހާ ވަޒީފާއިން ވަކިކުރުމަކުން މައްސަލައެއް ނުނިމޭ: އިންތި
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދަށް މަރުގެ އިންޒާރު ދިން ކުޑަފަރީ އިސްލާމް ޓީޗަރު ވަޒީފާއިން ވަކިކުރުމަކުން އެމައްސަލަ ނުނިމޭކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ. ވައްޑެއަށް އިންޒާރުދިން މައްސަލައިގައި ވަޒީފާއިން ވަކި ކުރީ ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް އަލީއެވެ. އެއާ އެކު އޭނާ ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ބޭއިންސާފުން ކަމަށެވެ. މިކަމާ ބެހޭ ގޮތުން އޮންލައިން މީޑިޔާ "ސަން"އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސްޕޯކްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށާއި އޭނާ ވަޒީފާއިން ވަކި ކުރުމަކުން އަދި މައްސަލަ ނުނިމޭ ކަމަށެވެ. އިންތި ވިދާޅުވީ އެމައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށާއި ސީރިއަސްކޮށް ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން އިންތި ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރީ ގާތްގަނޑަކަށް ހައެއްކަ މަސްކޮށްފައި ކަމަށާއި އެހެންކަމުން އޭނާގެ މައްޗައް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށެވެ. އަދި މިމައްސަލަ ވައްޑޭގެ ފަރާތުން ހުރިހާ އިދާރާތަކަށް ހުށައަޅައިފައިވާ ކަމަށާއި އެހެން ނަމަވެސް އެމައްސަލައިގެ ތަހުގީގުތަކެއް ކުރިއަށް ދާތަން ނުފެންނަކަމަށް ވެސް އިންތި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމައްސަލައިގައި ވަޒީފާއިން ވަކިކުރި ޓީޗަރުގެ އަމަލުތަކަށް ފާރަވެރިވާން ޖެހޭ ކަމަށާއި އޭނާގެ ވިސްނުން ހުރިގޮތް ވެސް ބަލަން ޖެހޭނެ ކަމަށެވެ.

މި މައްސަލަ ހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން މީގެ ކުރިން "ދެން"އަށް މައުލޫމާތު ދެމުން އަޝްރަފް ބުނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ބޭއިންސާފުން ކަމަށާއި އޭނާގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަގީންކަން  އެޑިއުކޭޝަން މިނިސްޓްރީން ކުރީން ދިން ކަމަށެވެ. އޭނާ ބުނީ އެ ޕޯސްޓްގައި ފާހަގަ ކޮށްފައި ވަނީ މުރުތައްދުވުމުން މަރައިލާން ޖެހޭކަން ކަމަށާއި އެ ޕޯސްޓް ފަހުން ބަދަލުކޮށްފައިވާނެ ކަމަށެވެ. އަދި ދައުރުވަމުން ދަނީ އޭގެ އޮރިޖިނަލް ޕޯސްޓުގެ ސްކްރީންޝޮޓެއް ކަމަށް ވެސް އަޝްރަފް ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް