Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެކްސިން ނުޖަހާ މީހުންނަށް އިތުރު ބުރަތަކެއް!

ވެކްސިން ނުޖަހާ މީހުންނަށް އިތުރު ބުރަތަކެއް!

ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އިތުރު ބުރަތަކެއް ކަނޑައަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ސޮއި ކުރައްވައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑު-19އިން ރައްކާތެރިވުމަށް، ޤާނޫނު ނަންބަރު 7/2012 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ)ގެ 3ވަނަ ނަންބަރުގެ ދަށުން، ވެކްސިނަށް ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަންގާ ކަމަށެވެ އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށް ޓަކައި 2021 ސެޕްޓެމްބަރު 1ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުޠު ހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާ މެދު، ވަކިގޮތެއް އަންގަންދެން ވަކި ޚިދުމަތްތަކެއް ނުލިބޭނެ ކަމަށް އެޗްޕީއޭއިން ހާމަ ކުރެއެވެ.

އެ ޚިދުމަތްތަކަކީ:

Advertisement
Allied — Dhen Online (box)

1. ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޚިދުމަތް ހޯދުން

2. ޖިމްތަކާއި، ސެލޫންތަކާއި، ސިނަމާތަކުން ޚިދުމަތް ހޯދުން

3. ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓްތަކުން ޚިދުމަތް ހޯދުން

4. ރައްޔިތުންނާ ގާތުން ދޭން ޖެހޭ އާންމު ޚިދުމަތްތައް ދޭ ފަރާތްތަކަށް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ)

5. އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ޙާޟިރުވުން

އެޗްޕީއޭއިން ވިދާޅުވީ، މި ކަންކަމާ މެދު ކަމާ ގުޅޭ މުއައްސަސާތަކުން ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި 1 ސެޕްޓެމްބަރު 2021އިން ފެށިގެން އަމަލުކުރުމަށް އެ ފަރާތްތަކަށް އަންގާފައިވާ ކަމުގައި ދަންނަވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް