Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވިލިމާލެ ވަނީ މާޒީގައި އަޅާނުލެވި ދޫކޮށްލެވިފައި، މިފަހަރުގެ ކައުންސިލުން މިކަން ބަދަލު ކުރާނަން: މުޢިއްޒު

ވިލިމާލެ ވަނީ މާޒީގައި އަޅާނުލެވި ދޫކޮށްލެވިފައި، މިފަހަރުގެ ކައުންސިލުން މިކަން ބަދަލު ކުރާނަން: މުޢިއްޒު

ވިލިމާލެއަކީ ވޭތުވެދިޔަ މާޒީގައި އަޅައިނުލެވި، ތަފާތު ކުރެވިފައި އޮތް ތަނެއް ކަމަށާއި މިހާރުގެ މާލޭ ސިޓީ ކައުންސިލުން މި ޙަޤީޤަތް ޤަބޫލުކޮށް، މިކަން ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށް މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ހަދާ ފަސް އަހަރުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން އެކި އަވަށްތަކާ އެކު ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ވިލިމާލޭ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި މުޢިއްޒު ވަނީ ކައުންސިލުން ކުރިޔަށް އޮތް ތަނުގައި ވިލިމާލޭގައި ކުރުމަށް ނިންމައިފައިވާ މަސައްކަތުގެ ތަފްސީލް ހިއްސާކޮށް، އެކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިފައެވެ.

މި ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ތިބީ. މާލޭގެ ރައްޔިތުންނާ އެކީގައި މާލޭގެ ކުރިމަގު ބައްޓަން ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި އެ ކައުންސިލުން ޕްލޭނެއް އެކުލަވައިލި ނަމަވެސް ޕްލޭން ފުރިހަމަ ވެގެންދާނީ ރައްޔިތުންގެ ފާޑު ކިޔުމާއި ޚިޔާލުތަކާ އެކުގައި ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، ކައުންސިލުން މިދިޔަ ދެ މަސް ދުވަހު މަސައްކަތްކޮށްފައި ވަނީ ލޮކްޑައުންގެ ތެރޭގައި ކަމަށްވީ ނަމަވެސް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގައި އެދިގެން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ވެސް ކައުންސިލުން ތައްޔާރަށް އޮތް ކަަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ، ވިލިމާލެ ތަރައްޤީ ކުރުމަށް ބައެއް ކަންތައްތައް ކޮށްދިނުމަށް މިހާރު ވެސް ސަރުކާގައި އެދިފައިވާނެ ކަމަށެވެ.

ކައުންސިލުން ކުރަން ނިންމައިފައިވާ އެންމެ މުހިންމު އެއް ކަމަކީ ވިލިމާލޭގައި، ސިޓީ ކައުންސިލްގެ އޮފީހެއް ހުޅުވައި، ސިޓީ ކައުންސިލްގެ ހުރިހާ ޚިދުމަތެއް އެތަނުން ދެވިގެން ދިއުން ކަަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމި ނިންމުގެ ތެރެއިން އެންމެ މުހިންމު އެއް ނިންމުމަކީ މާލެއެކޭ އެއް ފަދައިން، މުނިސިޕަލް ހުރިހާ ޚިދުމަތެއް ދޭ ތަނަކަށް ވިލިމާލެ ހެދުން. މާލޭގައި ސިޓީ ކައުންސިލުން ދޭ ޚިދުމަތެއް ވެއްޖިއްޔާ، ކިތަންމެ ކައިރީގައި މާލެ އޮތް ނަމަވެސް، ވިލިމާލޭގައި ތިބެެގެން ސިޓީ ކައުންސިލްގެ ޚިދުމަތްތައް ހާސިލް ކުރަން، އިދާރާ ނިޒާމް ހަރުދަނާ ކުރުމަށް ނިންމީ." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، މިހާރު ވިލިމާލޭގައި އޮންނަނީ ސިޓީ ކައުންސިލްގެ ކުޑަކުޑަ ސެކްޝަނެއް ކަމަށާއި އެ ކައުންސިލުން މިހާރު ބޭނުން ވަނީ ކައުންސިލްގައި ހުރި ފައިސާއާއި ބޭންކް މެދުވެރިކޮށް ލޯން ނަގައިގެން އައު އިމާރާތެއް އަޅައި ވިލިމާލޭގައި ޑިޕާޑްމެންޓް ފެންވަރުގެ އޮފީހެއް ހެދުމަށް ކަަމަށެވެ. އަދި މިކަން ކުރުމަށް ސަރުކާރަށް އެދޭނެ ކަަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވިލިމާލޭ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް މުވައްޒިފުން ލައިގެން ރަށު ތެރެ ކުނި ކެހުމާއި، ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އައިޑީކާޑް ހެދުން ފަދަ ޚިދުމަތްތައް ވިލިމާލެއިން ލިބޭނެ ގޮތް ހެދުމާއި، އެ ރަށުގައި ފެންވަރު ރަނގަޅު ޕާކަކާއި ލޯކަލް މާރުކޭޓެއް، މަސް މާރުކޭޓެއްގެ އިތުރުން ސްޓްރީޓް ފުޑް ތަޢާރަފް ކުރުމަކީ ކައުންސިލުން ރާވައިފައިވާ ކަންތައްތައް ކަމަށް މުޢިއްޒު ހިއްސާ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް