އިޖުތިމާޢީ

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަައި، އެކަކަށް ފަރުވާ ދޭން އައްޑޫއަށް ގެންގޮސްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފުވައްމުލައް ސިޓީ

ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކަށް ފަރުވާ ދޭން އައްޑޫސިޓީއަށް ގެންގޮސްފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރިން ނައިބު ތުއްތު މަގުން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމުގެ މައުލޫމާތު މިއަދު 15:00 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 28 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނަކަށް ކަމަށާއި ދެ މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެ ތަނުން އެކަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައިފައިވެއެވެ.

އެކްސިޑެންޓުވި ދެ ސައިކަލު ވެސް ދުއްވައިފަައި ވަނީ ލައިސެންސް އޮތް ދެ މީހުންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!