ޚަބަރު ސަރުކާރު

“ބީ” ފެކްޝަނުން އަމާޒު ހިފާފައިހުރީ ސަރުކާރު ވައްޓާލުމަށް: ޒައިދު

ރައުފާ ރަޝީދު ، ދެން އޮންލައިން

“ބީ”ފެކްޝަންގެ ހުރިހާ އަމާޒެއް ހުރީ ރައީސް ޞާލިހުގެ ވެރިކަން ވައްޓާލަން ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނޭ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޒައިދު މިފަދައިން ވިދާޅުވެފައި ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އަފީފް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަން ޔަގީން ނުވާކަމަށް ބުނެ ވާހަކަ ދެއްކެވެމުން އޭނާއަށް ފިޔަވަޅު އަޅަން އަންގައިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ބަރުލަމާނީ ފެކްޝަނަކީ އަދާލަތު ޕަޓީއަށް ފާޑުކިޔޭ ވަރަށްވުރެ މާ ހާލަތު ދެރަ ފެކްޝަނެއް ކަމެއްކަމަށެވެ. އަދި އެފެކްޝަނުން އަމާޒު ހިފާފައި ވަނީ ސަރުކާރު ވައްޓައިލައި، ވަކި މީހަކަށް ވެރިކަން ހޯދައި ދިނުމަށް ކަމަށް ޒައިދު ވިދާޅުވިއެވެ. އެމްޑީޕީގެ “ބީ” ފެކްޝަނުން ބޭނުން ވަނީ ވަކި ފަރުދަކަށް ވެރިކަން ދިނުންކަން ފާހަގަކޮށް ޒައިދު ވަނީ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، އަފީފް ވިދާޅުވީ ރައީސް ސޯލިހަށް ވެސް ވެރިކަން ލިބި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމުދިއުމުން މިހާރު ދެން ބޭނުން ވަނީ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށް ކަމަށެވެ. މީގެ އިތުރުން އަފީފް ވިދާޅުވީ ކައިރީގައި ބާރު ހުރި މެމްބަރުންނާއި، ބޭފުޅުން ތިއްބެވިޔަސް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތީ ރައީސް ނަޝީދަށް ކަމަށެވެ.

Ads by Ooredoo
  1. ވިސްނާ

    ެނނ

    ގ.ކެނެރީގެ މުހައްމަދު ނަޝީދު އަށް ހަމާގާހުރި މުސްލިމަކު ތާއީދެއް ނުކުރާނެ! އަފީފްއަށް ކިހިނެއް ދިވެހިރައްޔިތުން އެނގޭނީ