Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑްރަގް އޮޕަރޭޝަން ލީކް ކޮށްލައިގެން ދާންދޫ ރައީސްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް!

ޑްރަގް އޮޕަރޭޝަން ލީކް ކޮށްލައިގެން ދާންދޫ ރައީސްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް!

ގއ. ދާންދޫގައި ފުލުހުން ހިންގަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި ކަމުގެ ތުހުމަތުގައި އެ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިމައްސަލައިގައި ވިދާޅުވީ، މި ހަފްތާގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި މައްސަލައިގައި ހަތަރު މީހެއްގެ ފޯން، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި މިމައްސަލައިގައި ފުލުހުން ހިފެހެއްޓި ފޯންތަކުގެ ތެރޭގައި ކައުންސިލްގެ ރައީސްގެ ފޯން ވެސް ހިމެނެއެވެ.

Advertisement
Ooredoo — Square (box)

މިމައްސަލައިގައި އާސިފް ބަހެއް ހޯދަން "ދެން" އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެ ރަށު ކައުންސިލްގެ މެންބަރުން ވިދާޅުވީ، މައްސަލައިގެ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް