Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިލަވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހައިލައިފި

ހިލަވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހައިލައިފި

ކ. ތިލަފުށިން ހިލަވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހައިލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ “ރާޔާ” ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހައިލައިފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. ތިލަފުށިން ދަނގަޑާއި ހިލަވެލި ބަރުކޮށްގެން އެ ދޯނި ފުރައިފައި ވަނީ ފަތިހު 04:30ގައެވެ.

އެ ދޯނީގައި ދިވެއްސަކު ހިމެނޭހެން 3 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ ދޯނި ބަނޑުން ޖަހައިލައިފައި ވަނީ ފިހާޅޮހި ރިސޯޓާ ގާތްގަޑަކަށް 6.5 ނޯޓިކަލް ބޭރުންނެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދަށް “ދިރުން” ނަމަކަށް ކިޔާ ދޯންޏެއް ދިޔަ ކަމަށާއި އެ ދޯނީގެ އެހީތެރިކަމާ އެކު ފަޅުވެރިން ސަލާމަތްކޮށް ކޯސްޓް ގާޑުން އެ ދޯނި ހުޅުމާލެއަށް ގެނެވިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް