މާލެއިން ފައްސިވީ 30 މީހުންނާ އެކު މިއަދު ފައްސިވީ 125 މީހުން

ރާއްޖެއިން މިއަދު އިތުރު މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 30 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 66 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 29 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ނިޔާވެފައި ވެއެވެ.