Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާފަންނު ބޮޑު ގޭގައި އިސްލާމީ މަރުކަޒެއް އަޅަން ޚިޔާލު ހޯދަނީ

މާފަންނު ބޮޑު ގޭގައި އިސްލާމީ މަރުކަޒެއް އަޅަން ޚިޔާލު ހޯދަނީ

މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީ ކުރުމުގެ ވިސްނުމަށް ރައްޔިތުންގެ ޚިޔާލު ހުށައަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވައިލައިިފިއެވެ.

މިގޮތަށް ހުޅުވައިލައިފައި ވަނީ، ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައެވެ.

ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭން ހުށަހަޅުއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވަނީ އެ ތަނުގައި އެޅުމަށް ނިންމަވައިފައިވާ އިސްލާމީ މަރުކަޒުގެ ކުރެހުމެއް ދައްކައިލައިފައެވެ. އަދި ވިދާޅުވެފައި ވަނީ، އެކަން އަދި އޮތީ ހަމައެކަނީ ޚިޔާލެއްގެ ގޮތުގައި ކަމަށާއި މިކަން ކުރިޔަށްދާނީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކަމަށެވެ. މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވީ ބޮޑުގޭ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދެއްކަމުން އެފަދަ ބިނާއެއް ވަރަށް މުހިންމު ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ޚިޔާލު ފާޅުކުރެއްވި ބައެއް ބޭފުޅުން ވަނީ މިގޮތަށް ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލަށް ތާއީދުކުރައްވައިފައެވެ.

މާފަންނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި މޭޔަރު ހިއްސާ ކުރެހުމުގައިވާ ގޮތުން މި އިސްލާމީ މަރުކަޒަކީ ހަތަރު ބުރިއަށް އިމާރާތްކުރުމަށް ނިންމައިފައިވާ އިމާރާތެކެވެ.

ރޭގެ ބައްދަލުވުމުގައި މޭޔަރު ވަނީ، މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢުތައް ތަފްޞީލްކޮށްދެއްވައިފައެވެ. އަދި މާފަންނަށް އަމާޒުކޮށް ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ރޭވިފައިވާ މަޝްރޫއުތައް ވެސް ހާމަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް