އަޅުގަނޑުގެ ނަމުގައި ކޮންމެވެސް މީހަކު ކްލަބް ހައުސްގައި ވަރަށް ފިތުނަ އުފައްދާ, އެއީ ކާކު ކަމެއް ނޭނގޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނަމުގައި ކްލަބް ހައުސްގައި ފިތުނަ އުފައްދާކަމަށް ބުނެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެވެސް މީހަކު އެމަނިކުފާނުގެ ނަމުގައި ކްލަބްހައުސްގައި ވަރަށް ފިތުނަ އުފައްދާ ކަމަށާއި ކްލަބްހައުސްގައި އެމަނިކުފާނުގެ ނަމުގައި އިންނާނެ އެކައުންޓަކީ "މުހައްމަދު ނަޝީދު" އެކަނި ކަމަށެވެ.
https://twitter.com/mohamednasheed/status/1426429647856627713?s=21
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކުލަބް ހައުސްގައި އެމަނިކުފާނުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަނީ ކާކުކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ކާކުކަން ސާފުކޮށްދިނުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.







ކޮމެންޓް