Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގިނަ ދުވަސްތަކަކަށް ފަހު ފައްސިވީ އަދަދު 100އިން ދަށަށް!

ގިނަ ދުވަސްތަކަކަށް ފަހު ފައްސިވީ އަދަދު 100އިން ދަށަށް!

ރާއްޖެއިން މިއަދު އިތުރު 74 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 13 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 51 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 10 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 79،000 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 77،031 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް