Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހަށިވިއްކަން ތިބި 7 މީހަކު ފުލުހުން ހައްޔަރުކޮށްފި

ހަށިވިއްކަން ތިބި 7 މީހަކު ފުލުހުން ހައްޔަރުކޮށްފި

ގއ. ދާންދޫގައި ހަށި ވިއްކަން ތިބި 7 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދާންދޫގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި އަންހެނަކާއި، 24 އަހަރުގެ ދިވެހި އަންހެނަކާއި، 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ބިދޭސީ ފިރިހެނަކާއި 27 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

Advertisement
HDC — Sidebar (box)

މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް