ޚަބަރު އިޖުތިމާޢީ

ދިއްދޫގެ ގިނަ ރައްޔިތުންގެ ބަައިވެރިވުމާ އެކު އެރަށުގެ ތަަރައްގީގެ ޕްލޭން އެކުލަވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ދިއްދޫ ކައުންސިލް ފޭސްބުކް ޕޭޖް

ހއ. ދިއްދޫގެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކު ކުރިއަށް އޮތް 5 އަހަރަށް އެކުލަވައިލާ ތަރައްގީގެ ޕްލޭން އެކުލަވައިލައިފިއެވެ.

Ads by Sosun Fihaara

ދިއްދޫގައި ބޭއްވި މި މަހާސިންތާއާ ބެހޭގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މަހާސިންތާއަކީ ކާމިޔާބު މަހާސިންތާއެއްކަމަށާއި މި މަހާސިންތާގައި ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފަައިވާ ކަމަށެވެ.

"10 ދާއިރާއަކުން މިވަނީ ތަރައްގީގެ ޕްލޭން އެކުލަވައިލެވިފައި. އެންމެ ބޮޑު ކާމިޔާބަކީ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން މި މަހާސިންތާގައި ބައިވެރިވިކަން." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މި މަހާސިންތާއަކީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވައިލާ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ދިއްދޫގެ ސަރުކާރުގެ މުއައްސަސާތަކުގެ މުއައްޒަފުން ބައިވެރިވެފައިވާ ކަމަށާއި މާލޭގައި މިވަގުތު ތިބި، ދިއްދޫގެ ކަމުވޮށިގެންވާ ބޭފުޅުން ވެސް ގޫގުލް މީޓްސް މެދުވެރިކޮށް ބައިވެރިވެފައިވާކަމަށެވެ.

"ތަރައްޤީ ޕްލޭންހެދުމަށް މިބޭއްވުނު މަހާސިންތާއަކީ މީ ދިއްދޫގެ ތާރީހުގަ ބޭއްވި އެއްމެ ބޮޑު މަހާސިންތާކަން އުފަލާއެކު ފާހަގަކުރަން. މަހާސިންތާގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް އުފަލާ އެކު ޝުކުރު ދަންނަވަން" ތަރައްގީގެ ޕްލޭންއާ ބެހޭ މަހާސިންތާއާ ބެހޭގޮތުން ރަޝީދު އިތުރަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!