Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޭނުން ނުކުރަންވީ "އެމްބެސަޑަރ" ބްރޭންޑްގެ "ގޯލްޑް ވިޕިން އެންޑް ކުކިން" ކްރީމް

ބޭނުން ނުކުރަންވީ "އެމްބެސަޑަރ" ބްރޭންޑްގެ "ގޯލްޑް ވިޕިން އެންޑް ކުކިން" ކްރީމް

ވިހަ ކެމިކަލެއް ކަމުގައިވާ 'އެތިވީން އޮކްސައިޑް' އިން ތަޣައްޔަރުވުމުގެ ފުރުސަތު އޮތީ "އެމްބެސެޑަރ" ބްރޭންޑްގެ "ގޯލްޑް ވިޕިން އެންޑް ކުކިން" ގެ ލޮޑު ނަންބަރު L21090 ކަމަށާއި އެހެންކަމުން ބޭނުން ނުކުރަންވީ އެ ބާވަތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހާމަކޮށްފިއެވެ.

އެމްއެފްޑީއޭ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކެމިކަލުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް "ގޯލްޑް ވިޕިން އެންޑް ކުކިން" ކްރީމްގެ މުއްދަތު ހަމަވާ ތާރީޚަކީ 26 މާރިޗު 2022ކަން ކަށަވަރުވެފައިވާ ކަމަށެވެ.

"މި އޮތޯރިޓީން މިހާތަނަށް ހޯދި ހޯދުމުން 'އެތިވީން އޮކްސައިޑް'އިން ތަޣައްޔަރު ވުމުގެ ފުރުޞަތު އޮތް އެމްބެސަޑަރ. ބްރޭންޑްގެ "ވެޖިޓަބަލް ކްރީމް" އަކީ އެބްރޭންޑްގެ ގޯލްޑް ވިޕިން އެންޑް ކުކިންގ" ކްރީމްގެ ނަންބަރު L21090 ލޮޑުކަމާއި އަދި އެ އުފެއްދުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 26 މާރިޗު 2022ކަން ވަނީ ކަށަވަރުވެފައެވެ." އެމްއެފްޑީއޭ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

Advertisement
Allied Insurance — Square (box)

<img class="alignnone size-full wp-image-109492" src="https://cdn.dhen.mv/wp-content/uploads/2021/08/އެމްބެސެޑަރް.jpg" alt="" width="806" height="1280" />

އެމްއެފްޑީއޭގެ އިއުލާނުގައި އިތުރަށް ވިދާޅުވީ އެމްބެސަޑަރ. ބްރޭންޑްގެ "ވެޖިޓަބަލް ކްރީމް"އަކީ އެ ބްރޭންޑްގެ ގޯލްޑް ވިޕިން އެންޑް ކުކިންގ" ކްރީމްގެ ނަންބަރު L21090 ލޮޑުގެ އުފެއްދުންތައް ފިޔަވައި އެހެން އުފެއްދުންތައް ބޭނުން ކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ.

އެމްބެސަޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމްގައި ބޭނުން ކުރާ އިންގްރީޑިއަންޓެއް ކަމުގައިވާ "ލޯކަސްޓް ބީން ގަމް"، ކެމިކަލްއަކުން ތަޣައްޔަރު ވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް)އިން އެމްއެފްޑީއޭއަށް ދިނުމާ އެކު އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރުމަށް އެއޮތޯރިޓީ އަންގައިފައި ވަނީ މި އޯގަސްޓުމަހުގެ 5 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް