އޭޝިއާ ދުނިޔެ

މެލޭޝިޔާގެ ބޮޑު ވަޒީރު ހިމެނޭހެން މުޅި ކެބިނެޓް އިސްތިއުފާ ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން

މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހިމެނޭހެން އެމަނިކުފާނުގެ މުޅި ކެބިނެޓު އިސްތިއުފާ ދީފިއެެވެ.

Ads by Sosun Fihaara

ބޮޑުވަޒީރާ އެކު މުޅި ކެބިނެޓް އިސްތިއުފާދީ ރަސްގެފާނު އަބްދުﷲއަށް ސިޓީ ފޮނުވައިފައިވާކަން އެގައުމުގެ ސައިންސް މިނިސްޓަރ ހައިރީ ޖަމާލުއްދީނު ވަނީ އެ ގައުމުގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފައެވެ.

މެލޭޝިޔާގެ ކެބިނެޓާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފައި މިވަނީ މުޅި ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮންނަތާ ދުވަސްތަކަށް ފަހުއެވެ. ބޮޑުވަޒީރު މުހްޔިއްދީން މިއަދު ވެސް އެމަނިކުފާނު އޮފީހަށް ވަޑައިގަންތަން ފެނިފައިވާާ ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް އޮފީހަށް ވަޑައިގެންނެވިތާ ގަޑިއިރެއްވަރު ފަހުން އޮފީހުން ނުކުމެވަޑަައިގެންނެވިތަން ވެސް ނޫސްވެރިންނަށް ފެނިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ކެބިނެޓާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފައިވާ ކަމަށް ސައިންސް މިނިސްޓަރ ހައިރީ އިއުލާނުކޮށްފައި ވީ ނަމަވެސް ބޮޑުވަޒީރު މިކަމާ މެދު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ބޮޑުވަޒީރު ޔާސީންގެ އިސްތިއުފާއާ ގުޅޭގޮތުން ސައިންސް މިނިސްޓަރ ހައިރީ ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުގެ ސަބަބުން ސަރުކާރު ހިންގުމަށް ބޮޑުވަޒީރަށް އިންތިހާ ދަރަޖައަށް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށެވެ.

މެލޭޝިޔާގެ ބޮޑުވަޒީރާއި މުޅި ކެބިނެޓުގެ ކުއްލި އިސްތިއުފާއާ އެކު ސަރުކާރުން ދެން ހިނގާނެ ފަރާތެއް އަދި ނިންމައިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މެލޭޝިޔާގެ މަޝްރަހު ގޯސްވެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އެގައުމުގެ އިގްތިސާދަށް ލިބުނު ހީނަރުކަން ފޫބައްދަން ސަރުކާރުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާތީކަމަށް މީޑިއާތައް ބުނެއެވެ.

  1. ނުރަބޯ

    މީ ނަޝީދު އެ ނަންކުރާ ބަރުލަމާނީ ނިޒާމު އޮންނަ ގައުމެއްގެ ޙާލަތު.