Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޮޅުވައިލައިގެން ހޯދާ ފައިސާ ޖަމާކުރާ އެކައުންޓް ނަންބަރުތަކެއް ފުލުހުން އާންމުކޮށްފި

އޮޅުވައިލައިގެން ހޯދާ ފައިސާ ޖަމާކުރާ އެކައުންޓް ނަންބަރުތަކެއް ފުލުހުން އާންމުކޮށްފި
އޮޅުވާލައިގެން މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ބަޔަކު ބޭނުންކުރަމުން ގެންދާ އެކައުންޓް ނަންބަރުތަކެއް ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާ މުޢާމަލާތްކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ. އެގޮތުން ތިރީގައިވާ އެކައުންޓް ނަންބަރުތަކަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވައިލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައްކަމަށް ފާހަގަ ކުރެވިފައިވާ އެކައުންޓްތަކުގެ ނަންބަރުތައް ކަމަށެވެ.
  • 7730000304660
  • 7730000089422
  • 7730000042772
  • 7730000364429
  • 7730000203888
  • 7770000000544
ފުލުހުން ވިދާޅުވީ ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް ނުވަތަ އެހެނިގެން ގޮތްގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން، މަތީގައިވާ އެކައުންޓަކަށް ނުވަތަ އެކައުންޓްތަކަކަށް ފައިސާ ފޮނުވައި، މި ކުށުގެ ޝިކާރަކައަކަށް ވެފައިވާ އިތުރު ފަރާތްތަކެއް ވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް