ދޮޅު އަހަރަށް ފަހު ގާސިމް މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާތާ ދޮޅު އަހަރު ފަހުން އެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގެންފިއެވެ.
މިއަދު ފެށުނު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ނަމަވެސް ޖަލްސާގައި ވާހަކަދައްކަވައިފައެއް ނުވެއެވެ.
ގާސިމް އިބްރާހިމް މިއަދުގެ ޖަލްސާގައި ބައިވެރިވެފައި މިވަނީ މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކަކާއި މިއަހަރުގެ ދެ ދައުރުގައި ވެސް ސަލާމްގައި ހުންނެވުމަށް ފަހުއެވެ..
މަޖިލީހުގެ ޖަލްސާތަކުގައި ގާސިމް ބައިވެރިވެވަޑައިގެންފައި ނުވުމާ ގުޅިގެން ޖުމްހޫރީ ޕާޓީން މީގެ ކުރިން ބުނެފައި ވަނީ ގާސިމް މާލެ ވަޑައިނުގެން މަޖިލީހުގެ ޖަލްސާތަކަށް ސަލާމް ވިދާޅުވެފައި ވަނީ މާލޭގައި ކޮވިޑުގެ ހާލަތު މީގެ ކުރިން އޮތް ގޮތުން އެންމެ ރައްކާތެރި ގޮތަކީ ކޮވިޑް ނެތް ސަރަހައްދެއްގައި ހުންނެވުން ކަމަށްވާތީ ކަމަށެވެ. އެ ގޮތުން ކޮވިޑު ނެތް ސަރަހައްދެއްގައި ހުންނެވުމަށް ފަހު ކޮވިޑް އޮތް ސަރަހައްދަކަށް ވަޑައިގަތުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުރުމުން ގާސިމަށް ވެސް އަދި އެހެން މީހުންނަށް ވެސް އެންމެ ރައްކާތެރި އަދި އެންމެ ހެޔޮ ގޮތަކީ އެމީހަކު ހުރި ތަނެއްގައި ހުރުން ކަމަށް ގަބޫލުކުރައްވާތީ ގާސިމްގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑްގައި މަޑުކުރައްވައިގެން އެމަނިކުފާނު ހުންނެވީ ކަމަށް ވެސް ޖޭޕީން ބުނެފައިވެއެވެ.
މަޖިލީހަށްޙާޒިރުނުވެ ދިޅުއަހަރުވީއިރު ޟަރުއީގޮތުން އޭނަގެމުސާރަ ހަލާލުވާނެތޯއެވެ