Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ މަހަށް ތާވަލްކޮށްފި

ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ މަހަށް ތާވަލްކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އަންނަ މަހު ބާއްވަން ތާވަލްކޮށްފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އެ އަޑު އެހުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަަނަ ދުވަހު ހެނދުނު 9:00ގައެވެ.

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ނޮވެމްބަރު 2019ގައި ކްރިިމިނަލް ކޯޓުން ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުން ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމާ އެކުގައެވެ.

Advertisement
HDC — Sidebar (box)

ރައީސް ޔާމީންގެ މައްޗަށް ކުރި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހު އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ކޮށްފައެވެ.

ހައިކޯޓުގެ ހުކުމް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން ސެޕްޓެމްބަރު މަހު ބާއްވާ އަޑުއެހުމަކީ އެ ކޯޓުގައި ބާއްވާ މި މައްސަލައިގެ އިސްތިއުނާފުގެ ދެވަނަ އަޑުއެހުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް