Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ނޫމަޑި މައްސަލައިގެ ދައުވާއަށް ޑރ. މުޢިއްޒު އިންކާރު ކުރައްވައިފި

ނޫމަޑި މައްސަލައިގެ ދައުވާއަށް ޑރ. މުޢިއްޒު އިންކާރު ކުރައްވައިފި

ނޫމަޑި މައްސަލާގައި ދައުލަތުން އުފުލައިފައިވާ ދައުވާއަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އިންކާރު ކުރައްވައިފިއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޑރ. މުޢިއްޒުގެ މައްޗަށް އުފުލައިފައި ވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމުގެ އަޑުއެހުމެވެ.

ދައުލަތުގެ ވަކީލް އަހްމަދު ނައުޝާދު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ މި މައްސަލައިގެ ދައުވާ އިއްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

ނަމަވެސް ޑރ. މުއިއްޒުގެ ދިފާއީ ވަކީލު އަހްމަދު ހިޝާމް ވަޖީހު ވިދާޅުވީ، ދައުވާ ސާފު ނުވާ ކަމަށެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު ބަޔާން ދިން ކަމަށް ދައުވާގައި ބުނި ނަމަވެސް ރަސްމީ އިދާރާއަކީ ކޮބައިކަން ސާފު ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. ދައުލަތުން ފާހަގަކުރާ، ބަޔާން ދީފައި ވަނީ މުއިއްޒުތޯއާއި އެ ބަޔާން ދީފައިވަނީ ނެދަލޭންޑްސްއަށް މުއިއްޒު ވަޑައިގެންތޯ ވެސް ވަކީލު ހުޝާމް ވަނީ ސުވާލު ކުރައްވައިފައެވެ.

ދިފާއީ ވަކީލުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާ ފޯމުގައި ހުރިހާ ކަމެއް ބަޔާންކޮށްފައި ވާނެ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީ ވަމުން ދިފާއީ ވަކީލް ވިދާޅުވީ ދައުވާގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ޑރ. މުޢިއްޒު ހިންގަވައިފައި ނުވާ ކަމަށާއި އެފަދަ ބަޔާނެއް ވެސް ދެއްވައިފައި ނުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް