Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އާރްޑީސީން ވައްކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން: މޫކޭ

އާރްޑީސީން ވައްކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން: މޫކޭ

ރޯޑް ޑިވެލޮޕްމެންޓް ކޯރަޕޭޝަން (އާރްޑީސީ)އިން ފަޅާލައި ވައްކަން ކުރަން މަސައްކަތް ކުރަމުން ދަނީ އިދިކޮޅުން ރާވައިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ތުހުމަތު ކުރައްވައިފިއެވެ.

މި ސަރުކާރުން އުފައްދައިފައިވާ އާރްޑީސީގެ ކުންފުނީގެ އޮފީސް މި އަހަރު ތެރޭގައި ވަނީ ތިން ފަހަރަށް ފަޅައިލައި ވައްކަން ކޮށްފައެވެ. އަދި އެކަމާ ގުޅިގެން، އާރުޑީސީއަށް އާއްމުންގެ ބޮޑެތި ފާޑުކިޔުން އަމާޒުވެފައިވެއެވެ.

އެކަމާ ގުޅިގެން މޫކޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާރުޑީސީގެ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑު އޮންނަ މީހުން ބޭނުން ކޮށްގެން، އިދިކޮޅު ފަރާތްތަކުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"މި ކޮންމެ ފަހަރަކު ހައްޔަރު ކުރެވޭ މީހުންގެ ތެރޭގައި އާރުޑީސީގެ އެއްވެސް މުވައްޒަފަކު ހިމެނިފައި ނުވޭ. އާރުޑީސީގައި ވަގުން ނޫޅޭނެ،" ޓްވީޓުގައި މޫކޭ ވިދާޅުވެފައިވެއެވެ.

އާރްޑީސީ އޮފީހުގެ ޓިނު ނަގައިގެން ވައްކަން ކުރި މައްސަލައިގައި އެ އިދާރާއާއި ފުލުހުންގެ ބަސް ތަފާތެވެ. އެގޮތުން އާރްޑީސީން ބުނީ ވައްކަން ކުރި މީހާ ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ. ނަމަވެސް ފުލުހުން ވިދާޅުވީ މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް