Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މަޙްލޫފަށް ވާދަނުކުރެވޭ!

އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މަޙްލޫފަށް ވާދަނުކުރެވޭ!

އެެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މަޙްލޫފަށް ވާދަނުކުރެވޭނެ ކަމަށް އަންގައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއިކުރައްވައި މިނިސްޓަރ މަޙްލޫފަށް މިރޭ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަަޙްލޫފްގެ ޝަރުތު ހަމަނުވާ ކަމަށެވެ.

މަޙްލޫފްގެ ޝަރުތު ހަމަނުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މަހުލޫފްގެ މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނުން އެމްޑީޕީއަށް އަންގައިފައި ވާތީ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

Advertisement
Ooredoo — Truecaller (box)

އެއްވެސް ކޮމިޝަނަކުން ނެރޭ ޚިޔާނާތުގެ ލިސްޓެއްގައި ނަން އޮތް މީހަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ މީގެކުރިން ފާސްކޮށްފައެވެ.

މިނިސްޓަރ މަޙްލޫފަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފަައި ވަނީ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތައް ބެލުމަށް ކަމާގުޅުން ހުރި މުއައްސަސާތަކަށް ފޮނުވައިފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އޭސީސީއިން ޕީޖީއަށް މައްސަލަ ފޮނުވައިފައިވީ ނަމަވެސް، މަޙްލޫފްގެ މައްޗަށް ދައުވާ ކުރަން ވަކި ގޮތެއް އަދި ނިންމައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް