ޚަބަރު ސިޔާސީ

އެމްޑީޕީގެ އިންތިހާބުން އަކްރަމްއަށް ވެސް ފުރުސަތެއް ނެތް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް އަންގައިފިއެވެ.

Ads by MWSC

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވަން އަކްރަމް ނިންމައިފައިވާއިރު ދެން އެ މަގާމަށް ކުރިމަތި ލަައްވާނީ މާލޭ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއި ކުރައްވައި އަކްރަމްއަށް ފޮނުވި ސިޓީގައި އޭނާއަށް އެ މަގާމަށް ވާދަ ނުކުރެއްވޭނެކަމަށް ވަނީ ރަސްމީކޮށް އަންގައިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް އަކްރަމަށް އަންގައިފައިވާއިރު އެ އިންތިހާބުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނާއި މަރުތަކާ ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މަރު ކޮމިޝަނުން ނިންމައިފައިވާ އެއްވެސް މީހަކަށް ވާދަ ނުކުރެވޭ ގޮތަށް ވަނީ އެޕާޓީގެ ގައުމީ މަޖިލީހުން ހަދައިފައެވެ.

މިއާއެކު އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ނިންމައިފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ވަނީ ޝަރުތު ހަމަ ނުވާކަމަށް ނިންމައި އެ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް އަންގައިފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. ވޯޓުލުން އޮންނާނީ މެއި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00އިން ހަވީރު 5:00އަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!