Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޓެރަރިޒަމްގެ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަން ފަށައިފި

ޓެރަރިޒަމްގެ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަން ފަށައިފި

ޓެރެރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 3-19 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އެކުލަވާލަން ޖެހޭ ޓެރަރިޒަމާާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވައިލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށިފައިވާ ކަމަށެވެ.

މި ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާ އެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒް ކުރުމުގެ ޤާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަން ޖެހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ، މިމަސައްކަތަކީ، ޤާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

2019 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރާ ގާނޫނަށް ގެނައި އިސްލާހަކާ އެކު އިންޓެލިޖެންސް އޮނިގަނޑެއް ހަދަން ވަނީ އަންގައިފައެވެ. މި އޮނިގަނޑު ހަދައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި އެކަން ކުރުމަށް ލަފާދީފައިވާތީއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް